އިސްރާއިލުގެ އުދުވާންތަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ހޫނު ބަހުގެ ހަމަލާތަކެއް އެމެރިކާ އަދި އިނގިރޭސިވިލާތުގެ އިސް ބޭފުޅުންނަށް އަމާޒު ކުރައްވައިފި އެވެ.

އިސްރާއިލުން އިރާންގެ ޑިޕްލޮމެޓިކް މިޝަންތަކަށް ދިން ހަމަލާތަކާ ގުޅިގެން އިރާނުން މިދިޔަ އާދިއްތަ ދުވަހު ވަނީ ރައްދުގަައި ހަމަލާތަކެއް ދީފަ އެވެ.

އެހެން ނަަމަވެސް އިރާނުގެ އަމަލަކީ ނުރައްކާތެރި އަމަލެއް ކަމަށް އިނގިރޭސިިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކު ވަނީ ސިފަ ކުރައްވައި އިރާނުގެ ހަަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވަިއފަ އެވެ. އަދި މިއީ ބޮޑު ހަނގުރާމައަކަށް އިރާނުން މަގުފަހިކުރުން ކަމަށް ވަނީ ސިފަ ކުރައްވައިފަ އެވެ.

ރިޝީ ސުނާކުގެ ވާހަކަތަކާ ގުޅިގެން ރޮޒައިނާ ރައްދުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެތައް ހާސް ކުޑަކުދިން ޝަހީދުކޮށްލުމަކީ ނުރައްކާތެރި އަދި ބޭނުންމެއްނެތް ކަމެއް ނޫންތޯއޭ ވިދާޅުވެ ސުވާލު ކުރައްވަައިފަ އެވެ.

ރޮޒައިނާ ސިފަ ކުރެއްވި ގޮތުގައި އިސްރާއިލުގެ މައްސަލައިގައި ހުޅަނގުން ގެންގުޅެނީ ދެފުށް ދެގޮތް ސިޔާސަތެކެވެ.

"މިއީ ބަލައިގަންނަން އުނދަގޫ ކަމެއް. ބޮޑުވަޒީރުގެ މަގާމުގައި ހުރެ މިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ." ރޮޒައިނާ ވިދާޅުވި އެވެ.

އިރާނުން ރައްދުގައި ދިން ހަމަލާތަކުގައި މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް އިސްރާއިލުން ބުނެއެވެ. އަދި ހަމަލާގެ ރައްދު ދޭން ބޭނުން ނުވާ ކަމަށް ބުނުމަށް ފަހު އިސްރާއިލުން އަނެއްކާވެސް ވަނީ ރާގު ބަދަލުކޮށް ރައްދު ދޭނެ ކަމަށް ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން