ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ސާބިތުވި ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުގައި މިއަދު ތާވަލްކޮށްފައިވާއިރު ފަނޑިޔާރުންގެ ބެންޗު ހަމަވާނެތޯއޭ ވިދާޅުވެ އެމަނިކުފާނު ސުވާލު ކުރަށްވައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދު ބާއްވަން ވަނީ ތާވަލްކޮށްފައެވެ.
މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުގައި ބާއްވަން ތާވަލްކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ނަމަވެސް އެ އަޑުއެހުން އޮންނާނެ ގަޑިއެއް ހައިކޯޓުގެ ވެބްސައިޓުގައި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވަނީ މިއަދުގެ ހުކުމް އިއްވާ މަޖިލީހަށް ފަނޑިޔާރުން ހަމަވާނެތޯ ސުވާލު ކުރަށްވާފައެވެ. ހައިކޯޓުގައި ރައީސް ޔާމިންގެ މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެެވެ. ޔާމީން ވިދާޅުވީ ހުކުމް ކުރުމުގެ މަޖިލީސް ކުރިއަށް ގެންދެވޭނީ ފަނޑިޔާރުން ހަމަވެގެން ކަމަށާއި މިއަދު ފަނޑިޔާރަކު ސަލާމް ގައި ނުވަތަ އެހެން ކަމެއް ގައި އުޅުއްވާތީ ވަޑައިނުގެންނެވޭނެ ހާލަތެއް އައިސް ދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.
ޔާމިން މިއަދު މިނިވަންވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާތީ ޔާމިން ވަނީ އެކަމާއި ގުޅިގެން އެމަނިކުފާނަށް ޝުކުރު އަދާކުރަށްވާފައެވެ. ރައީސަށް ޝުކުރު އަދާކުރެއްވުމަށްފަހު އެކަމުގައި ނުރައްކަލެއް އޮތީތޯއޭ ވިދާޅުވެ ޔާމިން ސުވާލު ކުރެއްވިއެެވެ.
ޔާމީން ވިދާޅުވީ އެފަދަ މޭރުމަކުން ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވުމުން ހަނދާނަށް އަންނަނީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރުގެ ކުރީން ރައީސް މައުމޫން ވިދާޅުވި ވާހަކަފުޅު މަތީން ކަމަށެވެ.
"2018 ގައި ސުޕްރީމް ކޯޓުގެ ބަޣާވާތުގެ ނުރައްކާތެރި އަމުރުފުޅު ނިކުތްއިރު އޭގެ ކުރީ ރޭ ދެއްތޯ ހަމަ ރައީސްކަން ކުރެއްވި ރައީސަކު ވިދާޅުވީ ވަރަށް ބޮޑު ހަނދު ކޭތައެއް ހިފާނެ ވާހަކަ. އެހެން ނޫންތޯ؟ އެހެންވީމަ މި މެސެޖު އައީމަ އަޅުގަނޑު ހަނދާނަށް އަންނަނީ އެކަން،" ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހުނު ހާދިސާއަށް އިޝާރަތް ކުރަށްވަމުން ޔާމިން ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީން ރޭ ކުރިއަށްގެންދިޔަ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ހައިކޯޓުން މިއަދު ރައީސް ޔާމިން މިނިވަން ވުމަކީ ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުގެ ދުއާ އަކީ، އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާ އަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިއަދާ ހަމައަށްވެސް ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންދަނީ އެމްޑީޕީން ކަމަށެވެ. އެގޮތުން، ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އެޖެންޑާ ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް، ޖޭއެސްސީއަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެކަން ހުށަހެޅުމާއެކު މިއަދު އެ މައްސަލަ ބާއްވަން ތާވަލުވެފައިވާ ކަމީ ޖޭއެސްސީ މެދުވެރިކޮށް އެމްޑީޕީން ކޯޓުތަކަށް ނުފޫޒު ފޯރުވާކަން ސާބިތުވެގެންދާ ކަމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެެ.
ރައީސް މީގެ ކުރިން ވެސް ވަނީ ހައިކޯޓުގައި އޮތް ރައީސް ޔާމިންގެ އިސްތިއުނާފް މައްސަލަ ލަސްވެގެންދާތީ އެކަން އަވަސް ކުރުމަށް ގޮވާލައްވާފައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު 21 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު