ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓް ކެނޑުމަށް މެދުވެރިވި މައްސަލަ ޙައްލުކޮށް އެއަރޕޯޓަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފިއެވެ.

ވީ.އައި.އޭ އިން މިއަދު ހެނދުނު ކަރަންޓު ކެނޑުމާ ގުޅިގެން އެއަރޕޯޓަށް ކަރަންޓުގެ ޚިދުމަތް ދެމުން ގެންދިޔައީ ބެކަޕް ޖަނަރޭޓަރެއް ބޭނުން ކޮށްގެންނެވެ.

ކަރަންޓު ކެނޑުމާ ގުޅިގެން އެއަރޕޯޓުގެ އޮޕަރޭޝަނަށް ކޮންމެވެސް ވަރަކަށް ބުރޫ އަރާފައިވެއެވެ.

މިކަމާގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބުނެފައިވަނީ ވެލާނާ އެއަރޕޯޓަށް ދިމާވި ކަރަންޓުގެ މައްސަލަ އެ ކުންފުނީގެ ޓެކްނިކަލް ސްޓާފުން މިހާރު ޙައްލު ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.މިއަދު ހެނދުނު އެއަރޕޯޓަށް ގޮސްތިބި ބައެއް ފަސިންޖަރުންވަނީ އެއަރޕޯޓުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނުކަން ކަށަވަރު ކޮށްދީފައެވެ.

އެއަރޕޯޓުން ކަަރަންޓު ކެނޑި ޚިދުމަތްތައް މެދުކެނޑުނު ވަގުތުގެ ތެރޭގައި އެއާޕޯޓުގައި މީހުން ތާށިވެ، ވަރަށް ބޮޑަށް މުޅި އެއާޕޯޓު ތޮށްޖެހުނު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން