މ. މަޑުއްވަރިން މަސްވެރިކަން ކުރުމަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 4:00 ގައި މ. މަޑުއްވަރީން ދެމީހުންނާއެކު މަހަށްފުރި ދޯންޏެއް ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

އެހެންކަމުން އެ ދޯނި ހޯދުމަށް މ. އަތޮޅު ފުލުހުންގެ ލޯންޗް ދަތުރު ފަށާފައިވާކަމަށާއި އެކަން އެމްއެންޑީއެފަށް ވެސް ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން އަދި ވަކިއެއްޗެއް ނުބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން