ފުވައްމުލަކު ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 10:48 ހާއިރު ދެ ސައިކަލު ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އެގޮތުން އަނިޔާވީ ތިން މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމަހު ކުރީ ކޮޅުވެސް ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން