ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން މިއަދު ބުނީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލާފައިވާ ކަމަށެވެ.
އަދި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ޤައުމީ ދިފާއީ ބާރުން ވަނީ ބުނެފައެވެ.
"މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައި." އެމްއެންޑީއެފުން ހާމަ ކޮށްފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު