އަންނަ ދިރާސީ އަހަރަށް ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓު ފޮތްތައް ފޮނުވަން ފަށައިފިއެވެ.

ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވީ ރަށްރަށުގެ ސްކޫލުތަކުގެ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މީގެ 10 ދުވަސް ކުރިން ރަށްރަށަށް ފޮނުވަން ފަށާފައިވާ ކަމަށެވެ. އަދި ބައެއް ސްކޫލުތަކުން ދަރިވަރުންނަށް ފޮތްތައް ހަވާލުކުރަމުން ގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަންނަ އަހަރަށް ބޭނުންވާ ސްޓޭޝަނަރީސް ވައުޗާތައްވެސް މިހާރު ވަނީ ދޫކޮށްފައެވެ.

ރަށްރަށުގެ ސްކޫލުތަކަށް ފޮތްތައް ފޮނުވަން ފެށި ނަމަވެސް މާލޭގެ ސްކޫލްތަކަށް މިހާތަނަށް ފޮތްތައް ޙަވާލުކޮށްފައެއް ނުވެއެވެ. ނަމަވެސް މާލޭގެ ސްކޫލްތަކަށްވެސް ވަރަށް އަވަހަށް ފޮތްތައް ޙަވާލު ކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރާއްޖޭގެސްކޫލްތަކުގެ އަހަރީ ޗުއްޓީ ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއްމަސް ދުވަހުގެ ބަންދަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން