އެއަރޕޯޓްގެ މުވައްޒަފުންނަށް ހަމަލާ ދިން މީހާ ކުރީ ސީރިއަސް ކުށެއްކަމަށާއި އޭނާގެ މައްޗަށް ދައުވާ އުފުލަން ޖެހޭނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވެފައިވަނީ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މާރާމާރީ ހިންގައިގެން ހައްޔަރު ކުރި ބިދޭސީ މީހާ ފުލުހުން ދޫކޮށްލުމުންނެވެ. މިމައްސަލައިގައި ފުލުހުން ބުނީ އޭނާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށްފަހުގައިކަމަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ދުނިޔޭގެ ޑިމޮކްރަޓިކް ގައުމުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ވަރަށް ހަރުދަނާކޮށް ގާނޫނު ތަންފީޒު ކުރާކަމަށެވެ. އަދި އެއަރޕޯޓްގެ މުވައްޒަފުންނަށް ހަމަލާ ދިން މީހާ ކުރީ ސީރިއަސް ކުށެއްކަމަށާއި އޭނާގެ މައްޗަށް ދައުވާ އުފުލަން ޖެހޭނެކަމަށެވެ.
ޖަމީލް ވިދާޅުވީ އެމީހާ ދޫކޮށްލީ ގޯސްކޮށް ކަމަށެވެ.
"އެމީހާ ދޫކޮށްލީ ގޯސްކޮށް. ތިމާގެ އަމިއްލަ ގައުމުގައި މިމިންވަރުގެ ރައްކާތެރިކަން ނުލިބުމަށްވުރެ ވަކިން ބޮޑު ދެރަކަމެއް އޮންނާނެތޯ؟ އެކަމަކު މިއަދު މިއަޑު އިވެނީ ފިލައިގެން ދިޔަމީހާގެ އަދަބު. މިކަން ދެކޮޅު ޖައްސާނީ ކިހިނެތްތޯ؟"
ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މާރާމާރީ ހިންގާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. ސޯޝަލް މީޑއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން ބިދޭސީ ފިރިހެން މީހާ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށް ހަމަލާދެ އެވެ. އަދި އޭނާ އަތުން ޖަހައި ހަމަލާ ދިނުމުން އެއާޕޯޓުގެ މުވައްޒަފަކު ވެސް ދިފާއުގައި ހަމަލާ ދޭން މަސައްކަތް ކުރެއެވެ. ނަމަވެސް އޭގެ ކުރިން އެހެން މީހަކު އައިސް ބިދޭސީ މީހާ ހިފަހައްޓަ އެވެ. ހަމަނުޖެހުން ހިނގީ ފުރަން އައި ބިދޭސީ މީހާ އެކްސެސް ލަގެޖް ފީ ދެއްކުމަށް ދެކޮޅުހަދައި ހިނގި ޒުވާބެއްގެތެރެއިންކަމަށް މަޢުލޫމާތުލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު