ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގަނީ
ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގަނީ
މިއަހަރުގެ މިހާތަނަށް 56 އޮޕަރޭޝަނެއްގައި 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައި ވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މިއަހަރުގެ މިހާތަނަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުން 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ. އެއީ މަގުމަތީ އަގުން ބަލާނަމަ 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ފަސް ޑްރަގް ކާޓެލް ވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން 13 އުޅަނދެއް ވަނީ ބަލައި ފާސްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާއިއެކު 260 ދިވެހިންނާއި 16 ބިދޭސީން ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ބަންދުގެ މުއްދަތު ޖަހައި އެމައްސަލަތައް ފުލުހުންގެ އިދާރާއިން ދަނީ ތަހުޤީޤު ކުރަމުންނެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 257 މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުގީގުކޮށްފައިވާއިރު، އޭގެ ތެރެއިން 95 މައްސަލައެއް ޕީޖީއަށް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން