މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޕޮންޒީ ސްކީމެއް ހިންގިކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދަޢުލަތުން ދަޢުވާކުރާ މައްސަލަތަކުގެ ޝަރީޢަތް ފަށައިފިއެވެ.
އަލްހާން އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ވަނީ ވަކިވަކިން ޓެކުމުގެ 13 ދައުވާއެއް އުފުލައިފައެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓޫގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމަށް ތިން ބެއިންވެސް ހާޒިރުވީ ވަކީލަކާ ނުލައެވެ.
އެހެންވެ، ތިން ބެއިންނަށް ގާނޫނީ ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ މުއްދަތެއް ދޭން މައްސަލަ ބައްލަވާ ޤާޟީ އިސްމާއިލް ޝަފީއު ވަނީ ނިންމަވައިފައެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 (ތޭރަ) މީހުންގެ ބައިގައި ދަޢުވާ ކުރުމަށް 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.
މިމައްސަލާގައި މ. ފިނިވާގެ 2 ނަންބަރު ބައި، އަލްހާނު ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވެއެވެ.
އަދި މ. ފިނިވާގެ 2 ނަންބަރު ބައި، ޞަޙުބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވާއިރު ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ދަޢުލަތުން ކޮށްފައިވެއެވެ.
އަލްހާންގެ ކިންގްސް ކެޕިޓަލް އިން ހިންގި ސްކީމްގެ މައްސަލައާ ގުޅިގެން މިހާތަނަށް ކޮށްފައިވަނީ އެކު ޖުމްލަ 39 ދަޢުވާއެވެ.
ޕީޖީން ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ދަޢުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 (ތޭރަ) މީހުންގެ ބައިގައެވެ.
މި ސްކީމާއި ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށާއި އެ ބައިތަކުގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، އިތުރު ދަޢުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
އަލްހާންގެ ކުންފުނިން ގިނަ ޢަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގާކަމުގެ މައްސަލަ ފެންމަތިވެގެން ފުލުހުން އެކަން ތަހުގީގު ކުރަން ފެށީ 2022 ވަނަ އަހަރުގެ މާޗް މަހުއެވެ.
ފުލުހުން އޭރު ތުހުމަތުކޮށްފައިވަނީ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލްހާން ފަހުމީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު