މީހުން އަތުން މަކަރާއި ހީލަތުން ފައިސާ ހޯދި ތިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ، އެ ތިން މީހުންނަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އެމީހުންނަށް ޗިޓު ރައްދުކުރެވިފައި ނުވާ ބައެއް ކަމަށެވެ.
އެގޮތުން ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ހޯދަމުންދަނީ ހއ. ތުރާކުނު، އަސުރުމާގެ ޢަލީ ޝަރީފް އާއި ލ. ގަން، މަތިމަރަދޫ، ނަޔާޗާންދު ޢަލީ ޝަމީމް އާއި އދ. ކުނބުރުދޫ، މާބަގީޗާގެ ޢާއިޝަތު ނުހާ އެވެ.
ފުލުހުން ވަނީ މި ތިން މީހުންވެސް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 21 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް އަންގާފައެވެ.
ފުލުހުން މީހުން ހޯދުމަށް އިޢުލާނު ކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު