ވަގަށްނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން ޢަބުދުﷲ
ވަގަށްނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން ޢަބުދުﷲ
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން ޢަބުދުﷲ ގެ މައްސަލަ އާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކުން އެ މަޢުލޫމާތު ހިއްސާކުރުމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެދިއްޖެއެވެ.

ރިޟުވާން ގެއްލުވާލިތާ މިއަދު ހަ އަހަރު ފުރުމާއި ގުޅިގެން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު، އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުވައިލުމާއި ގުޅޭ އިތުރު މަޢުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ މަޢުލޫމާތު އެ ކޮމިޝަނާއި ޙިއްޞާ ކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށާއި، އެކޮމިޝަނަށް މައުލޫމާތުދޭ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް އެކޮމިޝަނުން ވަނީ ދީފަފައެވެ.

އަޙްމަދު ރިޟުވާން ޢަބްދުﷲ ގެ ޢާއިލާއަށް އިންސާފު ނުލިބި އޮތްކަމީ، އެ ޢާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަން ފާހަގަކޮށް، އެ ހިތާމައިގައި ކޮމިޝަނުން ބައިވެރިވާ ކަމުގައި އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި، އަޙްމަދު ރިޟުވާން ޢަބްދުﷲ ގެ ޢާއިލާއާއި، ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭގި ގެއްލިފައިވާ އެހެނިހެން މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ކޮމިޝަނުން ފަށާފައިވާ ބުރަ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު ކޮމިޝަނަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާއި ގުޅިގެން، ކުރިއަށްއޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެފަދަ މާހިރަކު ޢައްޔަނުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން މިހާރު ކުރަމުންދާކަމުގައިވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

17 ނޮވެމްބަރު 2018 ގައި ރައީސް އުފެއްދެވި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން، ރިޟުވާނުގެ މަރުގެ މައްސަލައިގައި ތަހުޤީޤު އެކަމާއި ގުޅޭ ރިޕޯޓެއް ރައީސުލްޖުމުހޫރިއްޔާއަށް ވަނީ އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން