ޅ. އަތޮޅު ގާއެރިފަރުގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅި ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނީ، ޅ. އަތޮޅު ގާއެރިފަރުގައި ބަނގުރާ ވަޅުލާފައި ހުރިކަމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ގިނަޢަދަދެއްގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި، ބަނގުރާ ވަޅުލާފައި ހުރި ސަރަހައްދުން 91 ދަޅު ބަނގުރަލާއި، 59 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން