ހުޅުމާލޭގައި ހުންނަ "މައި ޑެންޓިސްޓް ކްލިނިކް" ގެ ދޮރަށް ގެއްލުން ދީފައިވާ މައްސަލައަކާއި ފިހާރައަކުން ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ މި ދެ މައްސަލަ ރިޕޯޓް މިއަދު ހެނދުނު 9:26 ހާއިރު ކަމަށެވެ.

އެގޮތުން ވައްކަން ކޮށްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި ހުރި ފިހާރައަކުންނެވެ. އެ ފިހާރައިން ފައިސާ އަދި މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި، ދެ މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފަހަކަށްއައިސް ހުޅުމާލޭގައި ކުށުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން