ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބައެއް ރަށްރަށަށް ފޮނުވިފައި ނުވަނީ މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން މިއަދު ބުނީ، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން ގެންދާ ކަމަށެވެ.
"ފުލުހުން އަބަދުވެސް ތިބޭނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައި." ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަންނަ އަހަރަށް ބޭނުންވާ ސްޓޭޝަނަރީސް ވައުޗާތައްވެސް މިހާރު ވަނީ ދޫކޮށްފައެވެ.
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަން ފަށާފައިވާއިރު، އެއްމަސް ދުވަހުގެ ބަންދަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި.
— Maldives Police (@PoliceMv) May 22, 2024
ފުލުހުން އަބަދުވެސް ތިބޭނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައި. pic.twitter.com/qYYD11W7QO
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަން ފަށާފައިވާއިރު، އެއްމަސް ދުވަހުގެ ބަންދަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ހިޔާލު