މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ހޯދަމުންދަނީ ގ. މުޖުމަރާގޭ ޢުމުރުން 51 އަހަރުގެ އަބްދުﷲ ނިޔާޒެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ނިޔާޒް ހޯދަމުން ދަނީ، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އޭނާއަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ނިޔާޒް ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ހާޒިރުވުމަށް އަންގާފައެވެ.

ފުލުހުން މީނާ ހޯދުމަށް އިޢުލާނު ކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން