ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުން ހަސަން ޒަރީރު އިސްތިއުފާ ދެއްވައިފިއެވެ.

ޒަރީރު ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 2024 މާޗް 25 ވަނަ ދުވަހުއެވެ.

ޒަރީރު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އޭނާ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވާތީ، އެ މަޤާމާ ޙަވާލުވެ ވަޑައިގަތުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 41 މެންބަރުން އަޣުލަބިއްޔަތުން ރުހުން ދީފައިވަނީ މޭ 13 ވަނަ ދުވަހުއެވެ.

ކުރިން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރަކަށް ހުންނަވަނިކޮށް ޒަރީރުގެ މަގާމު ގެއްލުނީ ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެންނެވެ.

ބީއެމްއެލްގެ ބޯޑު އެކުލެވިގެންވަނީ ޖުމުލަ 11 މެންބަރުންގެ މައްޗަށެވެ. އެއީ އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެންބަރުން އަދި ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން