މާލޭގައި މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފޭރުނު މައްސަލައެއްގައި ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންނަކީ ވެސް މެދުރާއްޖެ ތެރެ އަށް ނިސްބަތްވާ އެއްރަށެއްގެ ދެމީހުންނެެވެ.
ހައްޔަރުކުރި މީހުން ބަންދާއި މެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އަންހެން މީހާ 10 ދުވަހަށް 1ބަންދުގައި ބެހެއްޓުމަށާއި ފިރިހެން މީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންނާއި ހަވާލާދީ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ އެ މީހާ ރަހީނު ކޮށްގެން ގެންގުޅުނު ހ. ހޯގުޅާ މަންޒިލް ގެއިން ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މީހަކު ރަހީނުކޮށްގެން އުޅޭތީ، ފުލުހުން އެ ގެއަށް ދިއުމުން އެ ގޭގެ ފްލޯއަކުން ފޭބި ވަގުތުގައި ކަމަށް އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ މައްސަލާގައި ހިމެނޭ ފިރިހެން މީހާ ވެސް ހައްޔަރު ކޮށްފައިވަނީ ރަހީނު ކުރުމުގައި އޭނާ ޝާމިލްވާ ކަމަށް ފުލުހުންނަށް އެނގުމުން އެ ގެ ކައިރިން ކަމަށެވެ.
ރަހީނު ކުރުމުގެ ހާދިސާ ހިނގި ތަނުގައި ލަކުޑި ބުރިތަކާއި ދަނޑިބުރިތަކެއް ހުރި ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މިއީ ގިނަ ބަޔަކު އެކުވެ ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށާއި މި ދެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މައްސަލައިގެ ހެކިތަކަށް ނުފޫޒު ފޯރުވުމުގެ ބިރު އޮތް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކުރި ދެމީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮތްބައެއް ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވެއެވެ. ފަހަކަށް އައިސް އެކި މީހުންނަށް އޮޅުވާލައިގެން ތަންތަނަށް ގެންގޮސް ބިރުދައްކައި ބުލެކްމެއިލްކޮށް ފޭރުމުގެ މައްސަލަ ތަށް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު