ޓީޗަރުންނަކީ މުޖުތަމަޢުގައި އަބުރުވެރި ޤަދަރުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ޝަފީޢު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރު އޮތީ އެއްވެސް ވަރަކަށް ޓީޗަރުންގެ ސައިކޮލޮޖިކަލް ވެލްބީނަށް ބެލުމެއް ނެތި ގަޑުބަޑުކޮށްފައި ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުންދަނީ އެކަން ޙައްލުކޮށް، ޓީޗަރުންނަކީ މުޖުތަމަޢުގައި އަބުރުވެރި ޤަދަރުވެރި ބަޔަކަށް ހެދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މުދައްރިސުންގެ ޤަދަރާއި އިޙުތިރާމް ވަނީ ވަރަށް ބޮޑަށް ގެއްލުވާލާފައިކަން ފާހަގަ ކުރަށްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ވިއްސަށްވުރެ ގިނަ ސްކޫލްގެ ޕްރިންސިޕަލުން، ހުންނަން ޖެހޭ ސްކޫލް ނޫން އެހެން ސްކޫލްތަކަށް ބަދަލު ކޮށްފައިވާ ކަމަށާއި، 300 އެއްހާ މުދައްރިސުންނަށް އުސޫލުތަކުގެ ބޭރުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
"ޓީޗަރުންނަށް ނިޒާމުގެ ތެރެއިން ތަސައްލީ ދޭން އެބަޖެހޭ. އޭރުން އެބޭފުޅުން މަސައްކަތް ކުރާނެ އެބޭފުޅުންގެ ސެކްޓާއަކީ އަގުހުރި އަބުރުވެރި ޤަދަރުވެރި ސެކްޓާއެއްގެ ގޮތުގައި ދެއްކުމަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޓީޗަރުންނަކީ އެ ބޭފުޅުންގެ އާއިލާ ގުރުބާންކޮށް، ރެއާއި ދުވާލުގެ ހުރިހާ ވަގުތެއް ތަޢުލީމީ ދާއިރާއަށް ހުސްކޮށްގެން ތިބޭ ބައެއް ކަމަށާއި، ނަމަވެސް އެއީ އެކަން އޮންނަންވާނެ ގޮތް ނޫންކަމަށެވެ. އަދި އެކަން އެގޮތަށް އޮންނަ ނަމަ ކިތަންމެ ބޮޑު މުސާރައެއް ދިން ނަމަވެސް ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރަން މީހުންގެ ޝައުޤުވެރިކަން ކުޑަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރަން މީހުންގެ ޝައުޤުވެރިކަން ކުޑަކަމުގެ ހެކި ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، އިއްޔެ ދިރާސީ އައު އަހަރު ފެށުނުއިރު ތައުލީމީ ދާއިރާއަށް އަލަށް ގުޅުނީ އެންމެ 48 ދިވެހި ޓީޗަރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު