މިއަހަރުގެ މިހާތަނަށް ރަހީނުކުރުމުގެ 27 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިއަހަރުގެ މިހާތަނަށް ރަހީނު ކުރުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މާޗް މަހު ކަމަށާއި އެއީ 10 މައްސަލަ ކަމަށެވެ.

އޭގެ އިތުރުން ޖެނުއަރީ މަހު ރަހީނުކުރުމުގެ 3 މައްސަލަ، ފެބްރުއަރީ މަހު 6 މައްސަލަ، އޭޕްރީލް މަހު 7 މައްސަލަ އަދި މި މަހު އެފަދަ 1 މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ފުލުހުން ބުނީ މިއަހަރު މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން ވައްކަމުގެ 2،952 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އޭގެއިތުރުން މިއަހަރުގެ މިހާތަނަށް ޑްރަގުގެ 1،552 މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު ފޭރުމުގެ 328 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ކުށްތައް އެންމެ ގިނަވެފައި ވަނީ މާޗް މަހުއެވެ. އެގޮތުން މާޗް މަހު އެކި ބާވަތުގެ 966 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން