ފުލުހުންގެ ހިދުމަތުގައި ހުންނަވަނިކޮށް ކުއްލިގޮތަކަށް ނިޔާވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް (ރިޓަޔާޑް) އަލްމަރްޙޫމް މުޙައްމަދު ޒިޔާދުގެ ހަނދާނުގައި މިރޭ، ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

މި ސުކޫތު ގެނެސްފައިވަނީ މިރޭ އޮތް 36ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

މަރުޙޫމް ޒިޔާދު ފުލުހުންގެ ހިދުމަތަށާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކޮށް ޒިކުރާ އާކުރުމަށް ސުކޫތެއް ގެނެސްފައިވާއިރު ޒިޔާދަކީ 25 އަހަރު ވަންދެން ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ހީވާގި ބޭފުޅެކެވެ.

އޭނާ ނިޔާވެފައިވަނީ މިދިޔަ ހޯމަ ދުވަހު ފަތިހު ގޭގައި ހުންނަވަނިކޮށް ވެއްޓުމާއި ގުޅިގެން ހޮސްޕިޓަލްގައި ކުއްލި ފަރުވާ ދެމުން ދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން