ސަލާހުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގައި އޯ ލެވެލްއަށް ކިޔަވައިދޭން ފަށައިފި އެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ މިއަހަރުން ފެށިގެން އެ ދެސްކޫލުގައިވެސް އޯލެވެލް ހަދާނެ ކަމަށެވެ.
އިއްޒުއްދީން ސްކޫލަކީ ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި އެއް ދަންފަޅިއަށް 2020 ވަނަ އަހަރު ހުޅުވި ސްކޫލެކެވެ. އެ ސްކޫލްގައި ފުރަތަމަ ކިޔަވައިދީފައިވަނީ ގްރޭޑް އެކަކުން ހަޔަކަށެވެ.
އެ ސްކޫލު ހުޅުވުނު އަހަރު ގުރޭޑް 6 ގައި ކިޔަވަން ފެށި ދަރިވަރުން މި އަހަރު ކިޔަވާނީ ގުރޭޑް 10ގައެވެ. އެ ސްކޫލުގެ ގުރޭޑް 10ގައި 19 ކުދިން ތަޢުލީމް ޙާސިލް ކުރެއެވެ.
އޭގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ އަހަރު ހުޅުވި ސަލާހުއްދީން ސްކޫލުގައި ކިޔަވައިދޭން ފެށީ ގްރޭޑް އެކަކުން ނުވައަކާ ހަމައަށެވެ. މިއަހަރުގެ ދިރާސީ އަހަރު ސަލާހުއްދީން ސްކޫލު ދެ ދަންފަޅިއަށް ބަދަލުކޮށް ކިޔަވައިދޭން ފެށިއިރު، އެ ސްކޫލުން ގްރޭޑް 10 ފެށީ 75 ދަރިވަރުންނާ އެކުގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާލާއިރު މި އަހަރު ރާއްޖޭގެ ސްކޫލްތަކުގައި 96،000 ދަރިވަރުން ކިޔަވާނެ އެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.
މި ދިރާސީ އާ އަހަރު ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ. އަދި، އަމިއްލަ މަދަރުސާތަކުގައި 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ.
މި ފަހަރު މާލޭ ސަރަހައްދުން އެކަނިވެސް ގްރޭޑް އެކަކަށް 2،250 ދަރިވަރުން އަލަށް ސްކޫލަށް ވަދެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު