ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ކޫލް ސްކޫލް ޕްރޮޖެކްޓް ރަށަކުން ފެށުމުން ހާމަވަނީ ރައީސް ރަށްރަށަށް ދެއްވާ އިސްކަން ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޑރ. ޝަފީޢު މިމޭރުމުން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ކ. މާފުށީ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، މި އަދަކީ ތާރީހީ ދުވަހެއް ކަމަށާއި، "ކޫލް ސްކޫލް" ޕްރޮޖެކްޓް އަތަޮޅުތެރޭގެ ރަށަކުން ފެށުމުން ހާމަވެގެންދަނީ ރައީސް ޑރ. މުޢިއްޒު އަތޮޅުތެރޭ ރަށްރަށަށް ދެއްވާ ޙާއްސަ އަހަމިއްޔަތުކަން ކަމަށެވެ.

ހަމައެއާއެކު ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ވައުދަކީ ގައުމު ބިނާކުރުން ކަމަށާއި، އެހެންކަމުން ތައުލީމަށް ފައިސާ ހަރަދުކުރުމަށް މި ސަރުކާރުން ފަސްނުޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަދު ފެށިގެންދާ މި ޕްރޮޖެކްޓަކީ ރައީސްގެ ދުރުވިސްނުންފުޅުން، އެމަނިކުފާނުގެ އަގުހުރި އިރުޝާދުގެ ނަތީޖާ ކަމަށް ވަޒީރު ޝަފީޢު ވިދާޅުވިއެވެ.

"ވިދާޅުވީ، މިހާ ހޫނުގަދަ މާހައުލެއްގައި ކިހިނަކުންތޯއޭ މުދައްރިސުންނާއި ޓީޗަރުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނީ. އެހެންވީމާ ސްކޫލުތައް ފިނިކުރުމުގެ ޚާއްސަ ޕްރޮޖެކްޓެއް ކުރިއަށް ގެންދެވުމަށް ރައީސް އިރުޝާދު ދެއްވީ." މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.

އޭގެއިތުރުން "ކޫލް ސްކޫލެއްގައި" ހިތަށް ފިނިކަމާއި އުފާވެރިކަން އަންނާނެ ކަމަށާއި، ފިނިކަމާއި އެކުގައި ދަރިވަރުންގެ އުޅުމަށް ހެޔޮބަދަލުތަކެއް އައިސް، ކާމިޔާބު އިންސާނަކަށް ލިބެންޖެހޭ ހުރިހާ ތަޢުލީމަކާއި ތަރުބިއްޔަތުން ފުރިފައިވާ ވެއްޓަކަށް ސްކޫލުވެށި ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ސްކޫލްތައް އޭސީ ކުރުމުން ކަރަންޓުގެ ހަރަދު 30 އިންސައްތަ އިތުރުވާނެ ކަމަށާއި އެހެންކަމުން މަޝްރޫއު ކުރިއަށް ގެންދެވުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރަށްވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުން އަމާޒު ހިފާފައިވަނީ މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ސަރުކާރު ހުރިހާ ސްކޫލުތަކެއް އޭސީ ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން