ށ. ބިލެތްފަހީ ނެރު ފައިކަށްޓަށް އުރި، ކަނޑިތީމު، "އުޅިއަށި ބޯޓު" އަޑިއަށް ހިނގައްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ށ. އަތޮޅު ފަސް ރަށަށް މާލެއިން މުދާ އުފުލާ 100 ފޫޓުގެ އުޅިއަށި ބޯޓު އަޑިއަށް ގޮސްފައި ވަނީ ގިނަ އަދަދެއްގެ މުދަލާ ވެސް އެކުގައެވެ.

އެގޮތުން އެ އަތޮޅުގެ ރަށްތަކަށް ގެންދިޔަ ގިނަ ޢަދަދެއްގެ ކާޑާއި ކޮންސްޓްރަކްޝަން ސާމާނުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މި ޙާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ އުޅިއަށި ބޯޓު އަޑިއަށް ގޮސްފައިވަނީ ބިލެތްފަހީ ނެރުގެ ހުޅަނގުފަރާތު ހިލަތަކުގައިޖެހި ބޯޓު ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

ބިލެތްފަހީ ކައުންސިލުން މީސްމީޑިއާގައި ބުނެފައިވަނީ ބިލެތްފަހި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު އެ ބޯޓުގައި ހުރި މުދާ ސަލާމަތްކޮށް ބޯޓު ތިލަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން