މީސްމީހުން އަތުން ފައިސާ ފޭރެމުން ދިޔަ ހަތަރު މީހަކު ހުޅުމާލޭ ހިޔާ ސަރަހައްދުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޗް 1 ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުންވެސް އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން