ރޭ ހުޅުލޭ ނެރު ކައިރިން ދެ ލޯންޗް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާ ވި ހަތް މީހުންގެ ތެރެއިން ހަ މީހަކު ފަރުވާއަށް ފަހު މިއަދު ދޫކޮށްލައިފިއެވެ.

އެ ހާދިސާގައި އަނިޔާވި އެކަކަށް އައިޖީއެމްއެޗް ވޯޑުގައި ދަނީ ފަރުވާ ދެމުންނެވެ.

މެރިން ޕޮލިސް އިން ރޭ ބުނީ، ރޭ 11:00 ހާއިރު ހުޅުލެ ނެރުކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓު ވުމާއި ގުޅިގެން މެރިން ޕޮލިސް އިން އެ ތަނުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި އެކްސިޑެންޓުގައި 7 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށާއި އެމީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ގެންދާކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހާދިސާ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން