އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު
މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފުށްގުދަނަށް ފެން ވަދެފައި ނުވާކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ މީޑިއާ އަކުން ފޮނުވި ޕްރޮގްރާމެއްގައި އުފާވެރި ޚަބަރެއް ކަމަށްބުނެ އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން އެސްޓީއޯ ފުށް ގުދަނަށް ފެން ވަދެފައި ވާ ކަމަށް ބުނުމާ ގުޅިގެންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ ފުށް ގުދަނަށް ފެން ނުވަންނަ ކަމަށާއި ވިއްސާރައިގެ ސަބަބުން ކާޑުގެ އެއްވެސް ބާވަތަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އަދި މީގެ ކުރިންވެސް އެ މީޑިއާއިން ދޮގު ހަބަރު ފަތުރާތީ ނަސޭހަތް ދެވިފައިވާކަން އަމްރު ފާހަގަކުރެއްވިއެވެ.



މީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނަށް ޓެގް ކުރައްވައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތަށް އެފަދަ ހަބަރުތައް ފެތުރުން ހުއްޓުވެން ޖެހޭނެ ކަމަށް ވެސް އަމްރު ވިދާޅުވެފައިވެއެވެ.

އަމްރު މިގޮތަށް ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ މިހާރުހުރި މީޑިއާ އާއި ގުޅުންހުރި ކޮމިޝަންތައް އުވާލައި، މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު މަޖިލީހާއި، ސަރުކާރަށް ލިބޭ ގޮތަށް ކޮމިޝަނެއް އެކުލަވާލުމަށްޓަކައި ޤާނޫނެއް އެކުލަވާލުމަށް ބަންޑާރަ ނައިބަށް ލަފާދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން