ވާޖިން އެއާލައިންސްގެ ފްލައިޓެއްގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިންވަކާގިލް އެއާޕޯޓުގައި ކުއްލި ހާލަތުގައި ޖައްސައިފި އެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ކުއީންސްޓައުނުން މެލްބަން އަށް ދަތުރުކުރަމުން ދަނިކޮށް ފްލައިޓުގެ އިންޖީނަށް މައްސަލައެއް ދިމާވެގެންނެވެ.

މަތީގައި އޮއްވާ ފްލައިޓުގެ އިންޖީނުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެނުނުކަމަށާއި އެވަގުތު ބާރު އަޑުފަށްގަނޑެއްވެސް ގޮވަމުން ދިޔަ ކަމަށް ފްލައިޓުން ދަތުރުކުރި ފަރާތްތަކާ ހަވާލަދީ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ކުއީންސްޓައުން އެއާޕޯޓުގެ ތަރުޖަމާނަކާ ހަވާލަދީ ބޭރުގެ ނޫހަކުން ބުނީ ވާޖިން އޮސްޓްރޭލިއާގެ ފްލައިޓް ވީއޭ 148 މަރުކާގެ ބޯޓު ކުއީންސްޓައުން އެއާޕޯޓުން ފުރައިގެން ދިޔައީ ހަވީރު 5.59 ހާއިރު މެލްބަންއަށް ދާން ކަމަށެވެ. ފްލައިޓް އުދުއްސާލިތާ މާގިނައިރުތަކެއް ނުވެ މައްސަލައެއް ދިމާވެ، އިންވަކާގިލް އެއާޕޯޓަށް ޑައިވަރޓްކުރި ކަމަށް ނޫހުން ވަނީ ބުނެފަ އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ފްލައިޓުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށަ ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން