މިދިޔަ ޖުލައި މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނީ 656.10 މިލިއަން ރުފިޔާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނެފިއެވެ.
މީރާ އިން އާންމުކޮށްފައިވާ ޖުލައި މަހުގެ ޓެކްސް އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި ޖުލައި މަހު 656.10 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރެއިން ޑޮލަރުން ލިބިފައިވަނީ 4.75 މިލިއަން ޑޮލަރެވެ.
މިދިޔަ މަހު ދަޢުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އިންނެވެ. ޖުލައި މަހު ޖީއެސްޓީގެ ގޮތުގައި 248.3 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23.7 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް އިންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި ޖުމްލަ 270.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު 7.5 މިލިއަން ރުފިޔާ ހިމެނެ އެވެ.
މީގެ އިތުރުން ރެޒިޑެންޝަލް ޕާމިޓް ދޫކޮށްގެން 27.55 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި ޖުލައިމަހު ދައުލަތަށް 20.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ވެހިކަލް ތަކުން ނަގާ ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 11.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖޫރިމަނާގެ ގޮތުގައި 7.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ.
މިއަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނި އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލައިރު 69.6 ޕަސެންޓް ދަށް އަދަދެކެވެ. ޖުލައި މަހުގެ އާމްދަނީ ދަށަށްދިޔަ މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދާއިރާ އިން ލިބޭ ގްރީން ޓެކްސް އާއި ޓީޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ޓެކްސް މަދުވުމެވެ. ކޯވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލައި ޓޫރިސްޓުން އަންނަން ފަށާފައިވަނީ މިދިޔަ މަހުގެ 15 އިން ފެށިގެންނެވެ.

Monthly revenue collection for July 2020 has been published. To read it please click: https://t.co/orPjmOoPYu pic.twitter.com/BoQ2C1RGpE
— MIRA (@MIRAmaldives) August 11, 2020
މިދިޔަ މަހު ދަޢުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އިންނެވެ. ޖުލައި މަހު ޖީއެސްޓީގެ ގޮތުގައި 248.3 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23.7 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް އިންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި ޖުމްލަ 270.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު 7.5 މިލިއަން ރުފިޔާ ހިމެނެ އެވެ.
މީގެ އިތުރުން ރެޒިޑެންޝަލް ޕާމިޓް ދޫކޮށްގެން 27.55 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި ޖުލައިމަހު ދައުލަތަށް 20.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ވެހިކަލް ތަކުން ނަގާ ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 11.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖޫރިމަނާގެ ގޮތުގައި 7.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ.
މިއަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނި އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލައިރު 69.6 ޕަސެންޓް ދަށް އަދަދެކެވެ. ޖުލައި މަހުގެ އާމްދަނީ ދަށަށްދިޔަ މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދާއިރާ އިން ލިބޭ ގްރީން ޓެކްސް އާއި ޓީޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ޓެކްސް މަދުވުމެވެ. ކޯވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލައި ޓޫރިސްޓުން އަންނަން ފަށާފައިވަނީ މިދިޔަ މަހުގެ 15 އިން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު