ވިލާ ކޮލެޖުން ސެޕްޓެމްބަރ 2024 އިންޓޭކްގައި ފެށުމަށް ހަމަޖެހިފާ ޕޮލިޓިކަލް ސައިންސް އަދި ކުއަންޓިޓީ ސަރވޭގެ އާ ޕްރޮގްރާމްތަކެއް ތައާރަފްކޮށްފިއެވެ.

އާދީއްތަ ދުވަހު ތައާރަފްކުރި މި ޕްރޮގްރާމްތަކުގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް 7 އިން އެކްރެޑިޓްކޮށްފައިވާ ބެޗެލަރ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް އަދި ބެޗެލަރ އޮފް ކުއަންޓިޓީ ސާރވޭ އެވެ.

ވިލާ ކޮލެޖުން ތައާރަފްކުރި ޕޮލިޓިކަލް ސައިންސް ޕްރޮގްރާމަކީ ފޭސް-ޓު-ފޭސް އަދި އީ-ލަރނިންގ މެދުވެރިކޮށް ކިޔަވައިދޭނެ ކޯހެއްކަމަށް އެ ކޮލެޖުން ހާމަކޮށްފައިވެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް މުވާސަލާތްކުރުމާއި، ދިރާސާކުރުމުގެ އިތުރުން ގްރެޖުއޭޓްވާ ދަރިވަރުންނަށް ސިޔާސަތު ކަނޑައެޅުމާއި ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރަން ދަސްވެގެންދާނެއެވެ.

ވިލާ ކޮލެޖުން ތައާރަފްކުރި ބެޗެލަރ އޮފް ކުއަންޓިޓީ ސާރވޭ ކޯހުގައި އިމާރާތް ކުރުމުގެ މާހައުލުގައި މާލީ އަދި ޕްރޮކިއުމަންޓް ޕްރޮސެސްތައް ބެލެހެއްޓުމާއި، މިދާއިރާގައި ގާނޫނީ ގޮތުން މުހިންމު ކަންކަންވެސް އުނގަންނައިދޭނެކަމަށް ވިލާކޮލެޖުން ބުނެއެވެ. އަދި މިކޯހުގައި ޑިޖިޓަލް އިމާރާތުގެ ޓެކްނޮލޮޖީ ބޭނުންކޮށް، އިންޑަސްޓްރިއަލް ޕްރޮޖެކްޓްތަކާއި، ސިމިއުލޭޝަން ޓޫލްސްވެސް ބޭނުން ކުރާނެކަމަށް ވިލާކޮލެޖުން ބުނެއެވެ.

މި ދެ ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯހުގައި ބައިވުމަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މިކޯސްތަކަށް އެޕްލައި ކުރުމާއި އިތުރު މަޢުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން