ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު
މިދިޔަ އަހަރާ ބަލާއިރު ދަސްވެނިވިފައިވާ ދަރިވަރުންގެ އަދަދު 10 އިންސައްތަ އިތުރުވެފައިވާކަމަށް ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވެއްޖެއެވެ.

ނަޖީބު މިހެން ވިދާޅުވެފައިވަނީ ވިލާ ކޮލެޖުން އެކޮލެޖުގެ ޕްރޮގްރާމްތަކުން ދަސްވެނިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މުޅި ޖުމްލަ ދެ ހަފުލާގައި މިއަދު 1237 ދަރިވަރުން ވިލާކޮލެޖުން ދަސްވެނިވެފައިވެއެވެ.

މި ދެ ރަސްމިއްޔާތުގައި ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވާހަކަފުޅު ދައްކަވަމުން ދަސްވެނިވި ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ، ކިޔެވި ދާއިރާއަކުން މަސައްކަތަށް ނިކުމެ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު މީހަކަށްވާން ހިތްވަރުދެއްވިއެވެ. އަދި ވިލާ ކޮލެޖަކީ ދަރިވަރުންގެ ކިޔެވުން ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ހިތްވަރުދޭ ތައުލީމީ މުއައްސަސާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. ނަޖީބު ވިދާޅުވީ މިދިޔަ އަހަރާއި ބަލާއިރު ދަސްވެނިވިފައިވާ ދަރިވަރުންގެ އަދަދު 10 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.



މީގެ އިތުރުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި، ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ އެ ޕްރޮގްރާމްތަކުގެ ތެރެއިން ނުވަތަ އެ ޕްރޮގްރާމްތައް ނިންމުމުން ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ގްރެޖުއޭޓް އެޓްރިބއުޓްތައް އަށަގަންނަގޮތަށް ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މި ސިފަތަކުގެ ތެރޭގައި ހިމެނޭ ޢިލްމު ހޯދުމުގެ ޤާބިލުކަމާއި، ކަންކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ރޫޙާއި އަދި ފަންނީ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގެންފައިވާނެކަމަށާއި އޭގެ ސަބަބުން ދިރިއުޅުމަށް ހެޔޮ އަސަރު ކޮށްފައިވާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ޑރ. އަންވަރު ވިދާޅުވިއެވެ.

މި ހަފުލާގެ ދެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ބާނީ، ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވަމުން މިއަދު ދަސްވެނިވި ދަރިވަރުންނާ މެދު ފަޚުރުވެރިވާ މިންވަރު ކިޔައިދެއްވިއެވެ. އަދި ދިރިއުޅުމުގައި މޮޅުކަން ހޯދުމަށް ދަރިވަރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިލާ ކޮލެޖަކީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން އުފެއްދުމަށް އިސްކަންދޭ މުއައްސަސާއެއް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.



ވިލާ ކޮލެޖުން 2009-2024ގެ ނިޔަލަށް 21،200 ދަރިވަރުން ދަސްވެނިވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން