ވިލާ ކޮލެޖުން އެކޮލެޖުގެ ޕްރޮގްރާމްތަކުން ދަސްވެނިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ޖަލްސާ މިއަދު ބާއްވައިފިއެވެ.

މި ދަރިވަރުން ދަސްވެނިވެފައިވަނީ އެކަމަށްޓަކައި ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ. އެގޮތުން މުޅި ޖުމްލަ ދެ ހަފުލާގައި 1237 ދަރިވަރުން ދަސްވެނިވިފައިވެއެވެ.

މި ހަފުލާ ދެ ރަސްމިއްޔާތަކަށް ބެހިގެން ދިޔައިރު، ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ދަސްވެނިވިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ހެލްތް ސައިންސަސް، ފެކަލްޓީ އޮފް ޝަރީޢަ އެންޑް ލޯ، ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އަދި ސްކޫލް އޮފް ކޮމްޕިއުޓަރ ސްޓަޑީޒްގެ ދަރިވަރުން ހިމެނެއެވެ.



މެންދުރު ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވިފައިވަނީ ސެންޓަރ ފޮރ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒް، ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ސްކޫލް އޮފް ސައިކޮލޮޖީ، ފެކަލްޓީ އޮފް ޝަރީޢަ އެންޑް ލޯ، ފެކަލްޓީ އޮފް ހެލްތް ސައިންސަސް އަދި ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ދަރިވަރުންނެވެ.

މި އަހަރު 53 ޕްރޮގްރާމަކުން ދަރިވަރުން ދަސްވެނިވިފައިވާއިރު، މީގެ ތެރެއިން 15 ޕްރޮގްރާމަކީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްއިން ދަސްވެނިވި ދަރިވަރުންނާއި އަދި 38 ޕްރޮގްރާމަކީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން ދަސްވެނިވި ދަރިވަރުންނެވެ. ވިލާ ކޮލެޖުން މިފަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 71 އިންސައްތައަކީ އަންހެން ދަރިވަރުންނެވެ. އަދި 29 އިންސައްތައަކީ ފިރިހެން ދަރިވަރުންނެވެ.

ވިލާ ކޮލެޖުން 2009-2024ގެ ނިޔަލަށް 21،200 ދަރިވަރުން ދަސްވެނިވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން