މާލޭ ސަރަހައްދުގައި ހުރި ހަތަރު ހޮސްޕިޓަލުގައި ހުރީ ޖުމްލަ 316 އެނދު ކަމަށް މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްއިން މިއަދު ބުނެފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސް އިން ބުނީ 1995 ވަނަ އަހަރު ހުޅުވި އައިޖީއެމް ހޮސްޕިޓަލް ހުޅުވި އިރު އެ ހޮސްޕިޓަލުގައި ހުރީ 186 އެނދު ކަމަށާއި އޭގެ ފަހުން އެ ހޮސްޕިޓަލަށް އެނދެއް އިތުރު ނުވާކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗަށް 29 އަހަރު ފުރިފައިވާއިރު މާލޭ ސަރަހައްދުގައި ހުރި ހަތަރު ހޮސްޕިޓަލުގައި ހުރީ ޖުމްލަ 316 އެނދު ކަމަށް މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސް އިން ވަނީ ބުނެފައެވެ. އަދި ބަލިމީހުން އެޑްމިޓް ކުރުމަށް ހޮސްޕިޓަލުގައި އެނދު އިތުރުވެފައި ނުވާތީ މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވީ އާބާދީ އިތުރުވި އަދަދާ އަޅާބަލާއިރު އެނދުގެ އަދަދު އިތުރުކުރެވިފައި ނުވާކަން ހިތާމަ އާއެކު ފާހަގަކުރައްވާ ކަމަށާއި އެކަށީގެންވާ މިންވަރަށް އެނދު ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސީއީއޯ އަބްދުލްރައްޒާގް ވިދާޅުވީ އެމެޖެންސީ ރޫމުގައި ވަރަށް ގިނަ ބަލިމީހުން އެޑްމިޓްކޮށްފައި ތިބޭ ކަމަށާއި އެމެޖެންސީ ރޫމަކީ އެޑްމިޓްކޮށްގެން ފަރުވާދޭ ތަނެއް ނޫން ކަމަށެވެ. އެމެޖެންސީތަކުގައި އަންނަ މީހުން ސްޓެބަލައިޒް ކުރުމުގެ މަސައްކަތް ކުރުމަށްފަހު، އެޑްމިޓް ކުރަން ޖެހޭ މީހުން ވޯޑުތަކާއި ޕްރައިވެޓް ރޫމްތަކަށް ބަދަލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަބްދުލްރައްޒާގް ވިދާޅުވީ މީގެ ކުރީގައި ހޮސްޕިޓަލުން ރޫމް ނުލިބިގެން ޝަކުވާ ލިބޭ ކަމަށާއި މިހާރު ޝަކުވާ ލިބެނީ އެނދު ނުލިބިގެން ކަމަށެވެ.
މާލެ ސަރަހައްދަކީ ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސަރަހައްދަށް ވީއިރު ބިދޭސީންނާއެކު މި އަދަދު ދެގުނަ އިތުރުވާނެކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އަބްދުލްރައްޒާގް ވަނީ އެވްރެޖްކޮށް އަހަރެއްގެ މައްޗަށް، ހިދުމަތް ދެމުންގެންދާ ގޮތުގެ ތަފާސް ހިސާބު ހިއްސާކުރައްވާފަ އެވެ. އެގޮތުން ފާއިތުވި އެއް އަހަރު ތެރޭ އައިޖީއެމްޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން 150،000 މީހުން އެމެޖެންސީގެ ހިދުމަތް ހޯދާފައިވާއިރު ހުޅުމާލެ ހޮސްޕިޓަލުން 200،000 އަށްވުރެ ގިނަ މީހުން ވަނީ ހިދުމަތް ހޯދާފައެވެ. އަދި ވިލިމާލެއިން 2،000 މީހުން އެމެޖެންސީގެ ހިދުމަތް ވަނީ ހޯދާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު