ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ދޮންކާފަ ޖިންސީ ގޯނާ ކުރާ މައްސަލައެއް ބަލަމުންގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އދ އަތޮޅު ރަށެއްގައި ހިނގާފައިވާ މި ޙާދިސާ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވެފައި ވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޜަން (ކ، އއ، އދ، ވ އަތޮޅު) ގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން މިއަދު ވަނީ ދީފައެވެ.

މި މައްސަލަ މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން