ރާޅުގަނޑު ސަރަޙައްދަށް ލޯންޗު ބަންޑުން ޖަހާލާފައި
ރާޅުގަނޑު ސަރަޙައްދަށް ލޯންޗު ބަންޑުން ޖަހާލާފައި
މާލޭ ރާޅުގަނޑު ސަރަހައްދަށް ބަންޑުން ޖަހާލި ލޯންޗުގައި ތިބި މީހުން ސަލާމަތީ ޚިދުމަތްތަކުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މާލޭ ރާޅުގަނޑު ސަރަހައްދަށް ލޯންޗެއް ބަންޑުން ޖަހާލާފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށެވެ.

ބަންޑުން ޖަހާލި ލޯންޗުގައި ހަތަރު މީހުން ތިބި ކަމަށާއި އެއީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އޭގެތެރެއިން ދެ މީހަކަށް ކުދިކުދި އަނިޔާތައް ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅުގަނޑު ސަރަހައްދަށް ބަންޑުން ޖަހާލާފައިވާއިރު އިއްޔެއިން ފެށިގެން ރާއްޖެއަށް މޫސުން ވަނީ ގޯސްވާން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން