މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް އައިސީޔޫ ގައި ފަރުވާދޭން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ގެންދަނީ ފަރުވާދެމުންނެވެ.
ފުލުހުން މިއަދު ބުނީ ރޭ 12:53 ހާއިރު ބޮޑުތަކުރުފާނުމަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
“އަނިޔާވެގެން ސައިކަލް ދުއްވަންއިން އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު އައިޖީއެމްއެޗް އަށް ފަރުވާދިނުމަށް ގެންގޮސްފައިވޭ.” މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ.
މި ޙާދިސާގެ ފޮޓޯތައް މީސްމީޑީއާގައި ދައުރުވަމުން ދާއިރު އެކްސިޑެންޓްގައި ސައިކަލަށާއި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ޙާދިސާ ހިނގި ސަރަޙައްދުގައި ލޭގެ އަސަރުތައް ހުރި މަންޒަރުވެސް ފޮޓޯތަކުން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު