މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތާރީޚުގައި އެއް ދުވަސް ތެރޭ އެންމެ ގިނަ ކޮންޓެއިނަރުގެ މަސައްކަތް ކުރެވުނީ މިއަދު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލުން ބުނީ މިއަދަކީ އެމްޕީއެލްގެ ހަޔާތުގައި، އެއްދުވަހަކަށް އެންމެ ގިނަ ކޮންޓެއިނަރުގެ މަސައްކަތްކުރެވުނު ތާރީޚީ ދުވަސް ކަމަށާއި އެގޮތުން މިއަދު 934 ކޮންޓެއިނަރެށް ޚިދުމަތްދެވިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ މީގެ ކުރިން އެންމެ ގިނަ ކޮންޓެއިނަރުގެ މަސައްކަތް އެއް ދުވަހުގެ ތެރޭގައި ކުރެވިފައިވަނީ ވެސް މިދައުރުގައެވެ. އެެއީ 650 ކޮންޓެއިނަރެވެ.

”އެމްޕީއެލް ގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުން ދާނީ، 'ލައިޓެނިންގް ސްޕީޑު' ގައި މަސައްކަތް ކޮަށް ރައްޔިތުން ހިތްހަމަ ޖެހޭފަދަ ޚިދުމަތް ތަކެއް ފޯރު ކޮށްދިނުމަށެވެ.“ އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީޙު ވިދާޅުވިއެވެ.

ދާދި ފަހުން ރެކޯޑް އަދަދަކަށް ކޮންޓޭނަރު ހިފައިގެން ބޮޑު ބޯޓެއް މާލޭ ވިޔަފާރި ބަނދަަރަށް އައިކަން ވެސް ފާހަގަކޮށްލެވެއެވެ. މިއީ އެއް ފަހަރާ އެންމެ ގިނަ ކޮންޓޭނަރު ބަރުކޮށްގެން މާލޭ ވިޔަފާރި ބަނދަރަށް މިހާތަނަށް އައި ބޯޓެވެ. މި ބޯޓުގައި ޖުމްލަ 1836 ޓީއީޔޫ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން