ސްކޫލަކަށް ވަދެ ޓީޗަރަށް ބިރު ދެއްކި މީހާގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަލީ އަހުމަދު ނަމަކަށް ކިޔާ ޢުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މީގެ މަސް ދުވަސް ކުރިންނެވެ. އެގޮތުން އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެވެ.
އަދި ދެވަނަ ފަހަރަށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ޙާޟިރު ކުރުމުން އޭނާ އިތުރު 10 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ވަނީ ސްކޫލަށް ވަދެ އަޑު ގަދަކޮށް ބައެއް ޓީޗަރުންނަށް ބިރު ދައްކާފައެވެ. ނަމަވެސް އެއްވެސް މީހެއްގެ ގައިގައި އަތް ނުލާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
އޭގެއިތުރުން ޢަލީ އަޙްމަދަކީ ބިރު ދެއްކުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އޭނާ ހިންގި އަމަލަކީ ސްކޫލު ކުދިންގެ މެދުގައި ބިރުވެެރިކަން އުފެދޭނެ ކަމެއް ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު