ފުލުހުން މަސައްކަތުގައި
ފުލުހުން މަސައްކަތުގައި
މާލޭ މަގުމަތީހުރި ފިރިހެނަކު ގެސްޓްހައުސްއަކަށް ގެންގޮސް ބިރުދައްކައި 53 ހާސް ރުފިޔާ ފޭރުނު މައްސަލާގައި ހިމެނޭ ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނަކު ހުއްޓުވައި އޭނާ ކޮޓަރިއަކަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަމަގުގައި ހުންނަ ގެސްޓްހައުސްއަކަށް ފިރިހެން މީހާ ގެންގޮސް، އޭނާ ރަހީނުކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ މއ. ފަޒާ، އިކްލީލް އިބްރާހީމަށެވެ. މައްސަލާގައި ހިމެނޭ ސ. މަރަދޫ ކުންނާރުގޭ ޢާއިޝަތު މަލްޖާ މޫސާދީދީގެ ބަންދަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކުރި ދެމީހުން ވަނީ އަނިޔާލިބުނު ފިރިހެން މީހާގެ އަތުގައިއޮތް ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓްގައި ހުރި 53،000 ރުފިޔާ ފޭރިފައެވެ.

މައްސަލާގައި އަނިޔާ ލިބުނު މީހާގެ ބަޔާނުގައި ބުނެފައިވަނީ ފޭރުނު ގިނަ ފައިސާ ޖަމާކޮށްފައިވަނީ އިކްލީލްގެ ބޭންކް އެކައުންޓަށް ކަމަށެވެ. އޭގެ އިތުރުން ފުލުހުން ކޯޓުގައި ބުނެފައިވަނީ މި މައްސަލައާ ދާދި އެއްގޮތަށް މިދިޔަ ދެ މަހުގެ ތެރޭގައި 6 ޙާދިސާއެއްގައި ކަންހިނގާފައިވާ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން އިކްލީލްގެ ބަންދު މުއްދަތު ޖަހާފައިވަނީ މުޖުތަމަޢުގެ ސަލާމަތަށް އޭނާގެ ސަބަބުން ނުރައްކަލެއް ފޯރަފާނެ ކަމަށް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން