ރައީސް ޔާމީން އަބްދުއްރަހީމްއާއެކު--
ރައީސް ޔާމީން އަބްދުއްރަހީމްއާއެކު--
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމަކީ 2013 ގައި ރައީސް ޔާމިން ވެރިކަމަށް ގެންނަށް ތާއީދު ކުރައްވައި މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ދެބައި ކުޅަ އެއްބައި ވެދުމަށް އަރުވާވަރުގެ އެސެޓެއް ނޫން ކަަމަށް

ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގައި އަބްދުއްރަހީމް ތާޢީދު ކުރެއްވީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަށް ކަމަށެވެ. ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެމަނިކުފާނަށް އިތުބާރު ހިފޭ ބޭފުޅެއްގެ ގާތުގައި އަބްދުއްރަހީމް ވިދާޅުވި ކަމަށާއި އަދި ތާޢީދު ކުރައްވަނީ ޤާސިމަށް ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ އިންތިހާބުގައި އަބްދުއްރަހީމް ރައީސް ޔާމިން ހޮވަން މަސައްކަތެއް ކުރެއްވިއްޔާ ކުރެއްވީ އިންތިޚާބުގެ ދެވަނަ ބުރުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ފައިސަލްގެ ބައްޕަ އަބްދުއްރަހީމް ވަރަށް މޮޅު ކަމަށް ދެކެވަޑައިގެން ވަރަށް ގިނަކަންކަން ކޮށްދެއްވި ކަމަށް ހީފުޅުވި ނަމަވެސް ފައިސަލް ވެސް ފާއިތުވި ހުރިހާ ދުވަހަކު އުޅުއްވީ ކޮންތާކުތޯވެސް ސުވާލުކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އަބްދުއްރަހީމް ޕީޕީއެމާއެކު އުޅުއްވި ނަމަވެސް ފައިސަލަކީ ޕީޕީއެމްގައި މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ މުއިއްޒުގެ ސަރުކާރު (އަބްދުއްރަހީމަށް) ވެދުމަށް އަރުވާފައި ދެބައިކުޅަ އެއްބައި. އެއީ މުއިއްޒުގެ ނުކުޅެދުންތެރިކަން. އަބްދުއްރަހީމަކީ ތިވަރުގެ އެސެޓެއް ނޫން. ޑެޕްރިޝިއޭޓް ކުރާނެ ގޮތެއް ވެސް އަޅުގަނޑަކަށް ނޭނގޭ. އެއީ އޯލްރެޑީ ލޮސްޓް ކޭސްއެއް." ރައީސް ޔާމީން ވިދާޅުވި އެވެ.

ހަމަ އެހެންމެ އަބްދުއްރަހީމަކީ އެއްވެސް ސިޔާސީ ވެރިއެއްގެ ފަހަތުގައި އިހުލާސްތެރިކަމާއެކު ހުންނެވި ބޭފުޅެއް ނޫން ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.

އަބްދުއް ރަހީމަކީ ކުރިން ރަައީސް ޔާމީންގެ އެންމެ ގާތް އެއް ބޭފުޅާ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް ވަޑައިގެންފަހުން އަބްދުއްރަހީމާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެ ދެ ބޭފުޅުން ދަނީ ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް ދެއްވަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން