ހުޅުމާލެ
ހުޅުމާލެ
ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ހުޅުމާލޭ ފޭސް އެކެއްގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިންގާފައިވާ ކަމަށެވެ.

“މި އެކްސިޑެންޓް ގައި ސައިކަލް ދުއްވި މީހާގެ ގައިގެ ބައެއް ތަންތަން ހަންމެށިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވޭ.” ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

ހުޅުމާލޭގައި ހިނގަމުންދާ އެކްސިޑެންޓްތައް އިތުރުވެފައިވާއިރު ބުރިޖާއި ހައިވޭ ޕެޓްރޯލްކުރަން ސައިކަލު ބޭނުންކުރަން ފެށުމަށް ފުލުހުން މިހާރުވަނީ ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން