ޗައިނާއާއި ރާއްޖޭގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތް ކުރަން ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ) އާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ދެ ގައުމުގެ ދެމެދުގައި ކަރަންޓް އެކައުންޓްގެ މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކޮށް ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލި އެއްބަސްވުމެއް ކަަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ އެ އެމްއޯޔޫގެ ސަބަބުން ދެ ގައުމުގެ ފައިސާއިން މުއާމަލާތްކުރުމަށް ފަސޭހަވެ ދެ ގައުމުގެ ދެމެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށެވެ.
އިކޮނޮމިކް ،މިނިސްޓްރީން ބުނީ ޗައިނާއާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭ ކަމަށާއި އަދި މިވަގުތު، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިންވެސް އަންނަ ގައުމު ކަމަށެވެ.
އެހެންކަމުން މިއަދު ސޮއި ކުރި އެމްއޯޔޫއަކީ ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ ގުޅުން ވަރުގަދަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު