މާކެޓަށް ނެރުމަށް ތައްޔާރުވަމުންދާ ފިޔާ
މާކެޓަށް ނެރުމަށް ތައްޔާރުވަމުންދާ ފިޔާ
މިއަދު 6280 ބަސްތާ ފިޔާ މާލޭ މާކެޓަށް ނެރޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

ވަޖީހު މިއަދު ވިދާޅުވީ މިދުވަސްވަރު މާލޭ މާކެޓުގައި ފިޔާ މަދުވެފައިވަނީ، އިންޑިޔާއަށް މޫސުމް ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުންތަކާ އެކު، އިންޑިޔާއިން ފިޔާ އެކުސްޕޯޓު ކުރުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ.

އަދި މި ދަތިކަން ރާއްޖޭގެ އިތުރުން ލަންކާއަށްވެސް ކުރިމަތިވި ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.

ވަޖީހު ވިދާޅުވީ މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ފިޔާ ލިބުމަށް ކުރިމަތިވެފައިވާ ދަތިކަމަށް ޙައްލު ލިބޭނެ ކަމަށެވެ.

“އެގޮތުން އިންޑިޔާއިން އައި 2 ބޯޓު ކަމަށްވާ ބުލޫހާ ބޯޓުން 2980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 ބޯޓުން 3300 ބަސްތާ، ޖުމުލަ 6280 ބަސްތާފިޔާ މިއަދު މާލޭ މާކެޓަށް ނެރެމުން އެބަ ގެންދެއެވެ. މީގެ އިތުރުން އިންޑިޔާއިން މާދަމާ މާލެ ވަންނަ ބޯޓުން ވެސް 3300 ބަސްތާ ފިޔާ، މާލޭ މާކެޓަށް ނެރޭނެ އެވެ.” ވަޖީހު ވިދާޅުވިއެވެ.



މީގެ އިތުރުން ވަޖީހު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖެނަލް ޕޯޓަށް ދިޔަ ކާގޯ ބޯޓުން ވެސް އައްޑޫ ސިޓީ މާކެޓަށް 1180 ބަސްތާ ފިޔާ ނެރެފައިވާ ކަމަށެވެ.

ހަމައެއާއެކު އިންޑިޔާގެ މޫސުމް ގޯސްވާ ބައެއްފަހަރު، ދަނޑުތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން، މާކެޓަށް ނެރޭ ފިޔާ މަދުވުމަކީ، އަބަދުވެސް ކުރިމަތިވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން މާކެޓުގައި ފިޔާގެ އަގު މައްޗަށް ދިއުމަކީ އަބަދުވެސް ހިގަމުން އަންނަ ކަމެއްކަން ވަޖީހު ވަނީ ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން