ވ. އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދަޢުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މަޑުޖައްސާލައިފިއެވެ.
މި މައްސަލާގައި މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައި ވަނިކޮށް، ހައިކޯޓުން ވަނީ އެ ހުކުމް ބާތިލް ކުރުމަށްފަހު އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.
ނަމަވެސް ހައި ކޯޓުގެ ހުކުމުގައި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާތީ ޙުކުމުގެ އެބައި ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަ މަޑުޖައްސާލުމަށެވެ. އޭގެ އިތުރުން މައްސަލައިގެ ބައެއް ލިޔުންތައް ހިމެނޭ ސީޑީތަކެއް ނުލިބޭތީ އެކަން ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވި އެވެ.
މައްސަލަ މަޑުޖައްސާލުމާ ގުޅޭގޮތުން ދަޢުލަތުގެ ވަކީލުން ވިދާޅުވީ މަތީ ކޯޓުގައި ކުރިއަށްދާ މައްސަލައާއި ދަށުކޯޓުގައި ހިނގަމުން މިދާ މައްސަލާގައި ގުޅުމެއް އޮތް ނަމަވެސް މައްސަލަ މަޑުޖައްސާލުމަށް ސުޕްރީމްކޯޓުން އަމުރު ކޮށްފައި ނުވާކަމަށެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މިއަދުގެ ޝަރީޢަތުގައި ޤާޟީ ޢަލީ ނަދީމް ނިންމެވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އާއި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލާގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލު ކުރެވޭތީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ މައްސަލަ މަޑުޖައްސާލުމަށެވެ.
އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ޚިޔާނާތްތެރިވި މައްސަލާގައިވެސް ދަޢުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް ދަޢުވާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު