ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގެ މަސްވެރިން ލަންކާ މާރުކޭޓަށް މަސް ވިއްކުމަކީ އެމަނިކުފާން ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާ - މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މަސްވެރިން ބާނަ މަސް ސީދާ ލަންކާގެ ބާޒާރަށް ވިއްކޭނެ ގޮތް ހަމަޖެހިގެން ދިޔުމަކީ އެމްޑީޕީ އާއި މި ސަރުކާރުގެ ވިސްނުމެއް ކަމަށާއި، އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ މަސްވެރިން ލަންކާ މާރުކޭޓަށް މަސް ވިއްކުމަކީ އެމަނިކުފާން ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަދި ހަމަ އެފަދައިން ލަންކާގެ މަސްވެރިން ބާނާ މަސް ރާއްޖެއަށް ވިއްކޭ ގޮތަށް އިންތިޒާމް ހަމަޖެހިގެން ދިޔުން މުހިއްމު ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. ރާއްޖެއާއި ލަންކާއާއި ދެޤައުމުގެ ދެމެދުގައި ގުޅުން ރަނގަޅުކުރުމަށް ދެ ގައުމުގެ ކަނޑުގެ ސަރަހައްދު ބޭނުން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެން ކުރަމުން އައި ވިޔަފާރިއާއި އޭގެ ސަގާފަތަށް ބަލާއިރު އެންމެ ބޮޑަށް މުއާމަލާތް ކުރެވިފައި ވަނީ މަސްވެރިކަމުގެ ވިޔަފާރިން ކަމަށެވެ. ލަންކާ އިން އަބަދުވެސް ދިވެހި މަސްވެރިން ބާނާ މަސް ގަނޑުކޮށް ގިނައިން ގަންނަ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

މި ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެކަމަށް ޔަޤީން ކުރަށްވާކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ދަވާލި19

21-Aug-2020

ރާއްޖޭގެ މަސްވެރިން މަސްދޯނީގަ ލަންކާގެ ނާސިގެތަކަށްދާން ފުރާމަންޒަރު ދުށުން އެއީ ހުވަފެނެއް ނޫންތަ



ފަހުގެ ލިޔުންތައް

ޓްރެންޑިން