އައްޑޫގައި އިންޓަނޭޝަނަލް ސީފުޑް ހަބެއް ހެދުމުގެ ވިސްނުން ގެންގުޅޭކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައްޑޫގައި ބޮޑު ބިމެއް ހިއްކައިގެން ފްރީ ޒޯނެއް ތަރައްގީކުރުމުގެ ތަޞައްވުރެއް އެ ކުންފުނިން ގެންގުޅޭ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ސީފުޑް ހަބެއް ގާއިމުކުރަން ރޭވިފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑް ސަޕްލައި ކުރުމަށް ބޭރު ގައުމުތަކުން އިމްޕޯޓްކުރާ މިންވަރު މި މަޝްރޫއުގެ ސަބަބުން މަދު ކުރެވޭނެ އެވެ. އަދި މިއީ ވަރަށް ބޮޑު ވިޔަފާރިއަކަށް ވާނެ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

އައްޑޫގައި ރޯ-ރޯ ޓާމިނަލެއް އެޅުމަށް ވެސް އެމްޕީއެލްގެ ވިސްނުމުގައި ހުރިކަން ވަޖީހު ހާމަކުރެއްވިއެވެ. އެގޮތުން އެތަނުގައި ވެހިކަލްތައް އެސެމްބްލްކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ މިފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ އިގުތިޞާދަށް އާ ދޮރުތަކެއް ހުޅުވައިދޭނެ ކަންކަން ކަމަށް ވަޖީހު ވިދާޅުވިއެވެ. އެހެންވެ އާ ވިސްނުންތަކާއެކު ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން