މީގެ ކުރިން ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓެއް
މީގެ ކުރިން ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓެއް
ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެނަކަށް ފަރުވާދޭން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން، ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ދިވެހި އަންހެނެއް ކަމަށެވެ.

ނަމަވެސް އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފުސީލު ފުލުހުން ދީފައެއް ނުވެއެވެ.

އޭގެ އިތުރުން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވެފައިވާއިރު، މިދިޔަ ދެމަހުގެ ތެރޭގައި ދެ އެކްސިޑެންޓެއްގައި ދެ މީހަކު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން