ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ފެއާއެއްގައި ބައިވެރިވެއްޖެއެވެ.

ރާއްޖެއިން ބައިވެރިވީ އިއްޔެ ބަންގްލަދޭޝްގައި ފެށި އޭޝިއަން ޓޫރިޒަމް ފެއާ (ޑާކާ) ގައެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 37 ފަރާތެއް ތަމްސީލުކުރާ ކަމަށް އެމްްއެމްޕީއާރުސީން ބުނެއެވެ.

އެ ފެއާގައި އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ ބަންގްލަދޭޝްއަކީ ވަރަށް އުއްމީދީ މާކެޓެއް ކަމަށާއި އަދި އެ މާކެޓް އިތުރަށް ފުޅާކުރަން މަސައްކަތް ކުރައްވަން ވިއްދާފައި އޮތް ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ބަންގްލަދޭޝްއިން 18،843 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ 14 ވަަަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމު ވެސް މެއެވެ.

އެމްއެމްޕީއާރުސީން ބުނީ ބަންގްލަދޭޝްއިން މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 38 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން