ސީ އެމްބިއުލާންސް
ސީ އެމްބިއުލާންސް
މިދިޔަ ހަފްތާގައި އެމްއެންޑީއެފުން 37 ބަލިމީހުން އުފުލައިދީފިއެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ ވޭތުވެދިޔަ ހަފްތާގައި ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 37 މެޑިކަލް އިވެކުއޭޝަން އެ ޚިދުމަތުން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިގޮތުން އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުން ސީއެމްބިއުލާންސްގައި 36 ދަތުރު ކޮށްދީފައިވާއިރު އެމްއެންޑީއެފް އެއަރ ކޯރއިން، ވައިގެމަގުން 1 ދަތުރު ވަނީ ކޮށްފައެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވާއިރު ރާއްޖޭގެ އެކި ރަށްރަށުން އިތުރު ފަރުވާއަށް މާލެ ގެންނަ ގިނަ މީހުން އުފުލަނީ ގައުމީ އެއާލައިން، މޯލްޑިވިއަނުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ސަރުކާރުން މިހާރުވަނީ ކުއްލި ހާލަތުގައި ދިިމާވާ މެޑިކަލް އެމާޖެންސީތަކަށް އިސްކަން ދިނުމަށް ހިމަނައި މޯލްޑިވިއަންގެ އުސޫލުތަކަށް ބަދަލުގެނެސްފަ އެވެ.

ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ބޭނުންކުރުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ހުއްޓާލާފައިވެއެވެ. އެއަށްފަހު އެއާ އެމްބިއުލާންސްގެ ގޮތުގައި ތަޢާރަފް ކުރި ސީ ޕްލޭން ބޭނުން ކުރުންވެސް މިހާރުވަނީ މެދުކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން