މި ހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށައިފި އެވެ.
އެގޮތުން މިއަދު ވަނީ ސްކޫލުތަކުގެ ދަރިވަރުންނަށް ރިޕޯޓް ފޮތް ދީފަ އެވެ. އެއާއެކު ދަރިވަރުންނަށް އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ޗުއްޓީ ލިބޭނެ އެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ފަހު އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު އެވެ.
މި އަހަރުގެ ދިރާސީ އަހަރު ފެށީ 96،000 ދަރިވަރުންނާއެކުއެވެ. އޭގެ ތެރޭގައި 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުން ހިމެނެ އެވެ.
ދިރާސީ އަހަރުގެ މެދުތެރެއިން ފަށަން ފެށީ ނިމިގެން ދިޔަ ސަރުކާރުގަ އެވެ.
ނަމަވެސް މި ސަރުކާރު ވެރިކަަމަށް އައުމަށް ފަހު ވަނީ ކުރިއެކޭ އެއްގޮތަށް ދިރާސީ އާ އަހަރު އަހަރު ފެށޭ ހިސާބުން ފަށަން ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު